އާނ ނުވަތަ ނޫނެކޭ. މިހާރު ޖަވާބު ދޭށެވެ.“ މުކޭޝް އަމްބާނީ ނީތާއާ ސުވާލު ކުރިއެވެ. ނީތާ ޖަވާބު ދިނީ ”އާނ އަހަރެން ކުރާނަމޭ.“ އެކަމަކު އަހަރެންގެ އެއް ޝަރުތެއް އެބައޮތް – ކައިވެންޏަށްފަހު ވެސް މަސައްކަތް ކުރަމުން ގެންދާނަން.“ މުކޭޝް ނީތާއަށް ޕްރޮޕޯސް ކުރިއިރު މުކޭޝް އަމްބާނީ އާއި ނީތާ އަމްބާނީ ކާރެއްގައި ތިއްބެވެ. މީގެ ކުރިން އެތައް ފަހަރަކު ބައްދަލުވެފައި ވެއެވެ. ނީތާ މުކޭޝްއަށް ތައާރަފްކޮށް ދިނީ ޚުދު ދިރުބާއީ އަމްބާނީއެވެ. ދިރުބާއީއަށް ފެނިފައިވެއެވެ. ނީތާ ޕްރޮގްރާމެއްގައި ނަށަމުން ދިޔައިރު ވަރަށް ބޮޑަށް އިންޕްރެސް ވެގެން އޭނާ ޔަގީން ކުރީ އޭނާގެ އާއިލާއަށް ފުރިހަމަ ދަނބިދަރިއަކަށް ވާނެ ކަމަށެވެ.
އޭގެ ދެތިން ދުވަސް ފަހުން ދިރުބާއީ ނީތާއަށް ގުޅައިގެން އޭނާގެ އޮފީހުގައި ބައްދަލުކޮށްދިނުމަށް އެދުނެވެ. އެހާ ބޮޑު ވިޔަފާރިވެރިއެއްގެ ފޯނެއް އައުމުން ނީތާ ހައިރާންވެ، އޭނާ ވަޒީފާއެއް ހުށަހަޅަން ބޭނުން ބާއޭ ހިތަށް އެރިއެވެ. ނީތާ ދިރުބާއީގެ އޮފީހަށް ދިޔައިރު ކޮންމެވެސް ވާހަކައެއް ދެއްކުމަށްފަހު އޭނާގެ ދޮށީ ދަރިފުޅު މުކޭޝް އާއި ބައްދަލުކުރަން ބޭނުންތޯ އަހާލިއެވެ. އެއީ މުކޭޝް އަމްބާނީ އާއި ނީތާ އަމްބާނީގެ ފުރަތަމަ ބައްދަލުވުމެވެ. ދިރުބާއީ ވަނީ އޭނާގެ ދަރިފުޅު މުކޭޝް އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ކުރިން ނީތާ ގާތު ބުނެފައެވެ. މުކޭޝްގެ ނިކަމެތި ޠަބީޢަތް ނީތާއަށް ކަމުދިޔަ ނަމަވެސް ކައިވެންޏާއި މެދު ނީތާއަށް ޔަގީންކަމެއް ނެތެވެ. އެކަމަކު ފުރަތަމަ ބައްދަލުވުމަށް ފަހު ކުރިން ވެސް ނީތާއާ ކައިވެނި ކުރަން ނިންމާފައިވާ މުކޭޝް އަމްބާނީ އަޒުމް ކަނޑައެޅީ ނީތާއާ ކައިވެނި ކުރުމަށެވެ.
”ނީތާ އަކީ އަހަރެން ފުރަތަމަ ބައްދަލުވި އަންހެން ކުއްޖާ ކަމަށާއި އޭނާ ނިންމީ އަހަރެންގެ ލައިފް ޕާޓްނަރަކަށް ވާނެ ކަމަށް،“ މުކޭޝް އަމްބާނީ ދިން އިންޓަވިއުއެއްގައި ބުންޏެވެ. އެ ފުރަތަމަ ބައްދަލުވުމަށްފަހު ނީތާ އާއި މުކޭޝް ގިނަގިނައިން ބައްދަލުވާން ފެށިއެވެ. އަދި އެދުވަހު މުކޭޝް ނީތާގެ ޝަރުޠު ޤަބޫލުކުރުމުން އެންމެ ފަހުން 1985 ވަނަ އަހަރު ކައިވެނި ކުރިއިރު، އެދެމީހުންނަށް ތިން ކުދިން ލިބިފައިވާއިރު، އެ އެންމެންވެސް މިހާރު ވަނީ ކައިވެނިކޮށްފައެވެ. މިވަގުތު ނީތާ އާއި މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ގްރޭންޑް ވެޑިން ސެލެބްރޭޝަން ކުރިއަށް ގޮސް ނިމިއްޖެއެވެ.