ބިއުޓީ ސުޒޫ ވެސް ޑީޕޯޓް ކޮށްލައިފި
ދެންމެ | 24 އޯގަސްޓް 2024

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އަންނަ ސުޝްމިތާ ދައުގޮދާ ނުވަތަ އާންމު ނަމުން ނަމަ ސުޒޫވެސް ޑީޕޯޓްކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އޭނާ ޑީޕޯޓްކޮށްލީ ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަނަކަށްފަހު ކަމަށެވެ. އެގޮތުން އެ އިންސްޕެކްޝަންގައި ސުޝްމިތާއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއްކަން ފާހަގަކުރެވުނު ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، އެ މައްސަލައާ ގުޅިގެން ސުޝްމިތާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް، މި މަހުގެ 20 ވަނަ ދުވަހު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.

ސުޝްމިތާ ޑީޕޯޓްކޮށްލި އިރު، އޭނާ އާއެކު ކުރިން ސެލޫން ހިންގަން އުޅުނު ރަޖަނީ ޝްރެސްތާ ނުވަތަ އާންމު ނަމުންނަމަ ރިޒްވެސް ވަނީ ޑީޕޯޓްކޮށްލައިފައެވެ. ”ރިޓްޒް ބިއުޓީ ސެލޫން“ ގެ ނަމުގައި މާލޭގައި ވިޔަފާރި ކުރަމުންދިޔަ ރަޖަނީ ވެސް ޑީޕޯޓްކޮށްލީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާތީއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!