ފައްޔާޒާއި އަމީރު ގޮތް ހުސްވެ، ސްޓެލްކޯ ކަރަންޓް ބިލްތަކަށް ދެއްކި 50 މިލިޔަން، ސަރުކާރުން މުސާރަ އާއި ބިލްތައް ދެއްކުމަށް ނަގައިފި
ދެންމެ | 22 އޮކްޓޯބަރ 2022

ދައުލަތުގެ ހަޒާނާ ހުސްވެ، ދިވެހި ރައްޔިތުން ސްޓެލްކޯގެ ކަރަންޓް ބިލްތަކަށް ދެއްކި 50 މިލިޔަން ރުފިޔާ ފިނޭންސް މިނިސްޓަރ އަމީރާއި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާއިލްގެ އަމުރަށް ސަރުކާރުން މުސާރަ ދިނުމަށާއި ދައުލަތުގެ ބިލްތައް ދެއްކުމަށް ނަނގައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތަށް މިފައިސާ ނަގާފައި ވަނީ އެމްއެމްއޭއިން ޓީބިލް ގަނެގެންނެވެ. މިކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އީސީ ސަރީފް ކޮށްފައި ވަނީ ސްޓެލްކޯއަށް ބޭނުންވާ ޑީސަލް ގަތުމަށް ބިލްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި ފައްޔާޒާއި އަމީރުގެ އޯޑަރަށެވެ.

ދައުލަތުގެ ފައިދާ ވާ ވިޔަފާރި ކުންފުނިތަކުގެ ލާރި ހުސްވެ، އަސާސީ ހިދުމަތްތަކުގެ ކުންފުނިތަކުން ސަރުކާރަށް ލާރި ނަގަންފަށާފައި ވާއިރު، މުދަލާއި ހިދުމަތުގެ އަގާއި އިންފްލޭޝަން އިންތިހާއަށް މިހާރު ވެސް އުފުލިފައިވާއިރު، ސަރުކާރުން ހުށަހަޅާފައި ވަނީ މިހާރު ނަގަމުންދާ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށް، ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ސަރުކާރުގެ ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވާއިރު، ޓެކްސް ބޮޑު ކުރާ ކަމަށް ބުނެ، ޓޫރިސްޓް ބުކިންގތައް ކެންސަލުކުރުން އިންތިހާއަށް ގޮސްފައިވާ ކަމަށް ޓޫރިސްޓް އިންޑަސްޓްރީގެ ބޭފުޅުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!