ކްރެޑިޓް ކާޑުތަކުގެ ލިމިޓް 100 ޑޮލަރަށް ދަށްކޮށްފި
ދެންމެ | 25 އޯގަސްޓް 2024

މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލް އިން ބަދަލު ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ކަނޑައަޅާފަ އެވެ.

މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރަން ވެސް ވަނީ ނިންމާފަ އެވެ. އެއީ 85 ޕަސެންޓުގެ ދަށްކުރުމެކެވެ. ކޮވިޑަށް ފަހު އައި ޑޮލަރުގެ ތާށިކަމާ ގުޅިގެން ބީއެމްއެލް އިން އެންމެފަހުން އިނީ ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް 700 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފަ އެވެ. އަދި ޑެބިޓް ކާޑުގެ ލިމިޓެއްގެ ގޮތުގައި އޭރު ކަނޑައަޅާފައި ވަނީ 250 ޑޮލަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!