ހުޅުމާލޭން ހޮވި ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފި
ދެންމެ | 25 ސެޕްޓެމްބަރ 2024

ހުޅުމާލެއިން ހޮވައިގެން ގެނެސްފައިވާ ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަލިނިރު ކެފޭ ކައިރިން ހޮވައިގެން ގެނެސްފައިވާ ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ކުކުޅު ކޭހުގެ ވެރިފަރާތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެގެން ތަކެއްޗާ ހަވާލުވާން އަންނަން ފުލުހުން ވަނީ އަންގައިފައެވެ.

އާންމު ގޮތެއްގައި މި ގޮތަށް މަގުމަތިން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަނީ ފައިސާއެވެ. ވެރިފަރާތުން އެ އެއްޗެއް ހުރި ޕޮލިސް ސްޓޭޝަނަކަށް ދިއުމުން ފުލުހުން އެތަކެތި ހަވާލު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!