ސެލެކް ކެފޭ: ލާމަށް ނަލަނަލަ ރީތި ކަމެއް.
ދެންމެ | 28 ޖޫން 2022

މިއީ މީސްމީޑިޔާގެ ޒަމާނެވެ. ފޮޓޯ އާއި ވީޑިޔޯގެ ޒަމާނެވެ. ފޭސްބްކާއި އިސްޓަރގްރާމާއި ޓިކްޓޮކާއި އަދި ސްނެޕްޗެޓްގެ ވެސް ޒަމާނެވެ. މިއަދު ކޮންމެ މީހެއްގެ އެންމެ ބޮޑު ސަރަފަކީ ވީހާ ވެސް ރީތި ތަނަކަށް ޒިއާރަތްކޮށް އެފޮޓޯއާއި ވީޑިޔޯ މީސްމީޑިޔާގެ ޕްލެޓް ފޯމްތަކަށް ދޫކޮށްލުމެވެ.

ލާމް ފޮނަދޫގައި ހުންނަ ”ސެލެކް ކެފޭ“ އަކީ މީސްމީޑިޔާގެ ޕްލެޓްފޯމްތަކަށް ޖަރީކޮށް ހަދާފައިވާ ހިތްގައިމު ކެފޭ އެކެވެ. އިސްޓަރގްރާމް ފޮޓޯ އާއި ވީޑިޔޯގެ އިތުރުން ޓިކްޓޮކް ކުޅެލަން ވެސް ހިންގައިމު ޗާލްތަނެކެވެ. ރެޓްރޯ ސްޓައިލަކަށް ފަރުމާކޮށްފައިވާ ކެފޭއަށް އިތުރު ފުރިހަމަ ކަމެއެް ގެނެސްދެނީ ތަނުގައި ހައްދާފައިވާ ބޯގަންވިލާ ފަދަ މާ ގަސްތަކުގެ މާމެލާ މެލިންނެވެ.

ސެލެކް ކެފޭ ފަރުމާކޮށްފައިވާ ގޮތުން މީސްމީޑިޔާގެ އެކިއެކި ޕްލެޓް ފޯމްތަކަށް ދޫކޮށްލެވޭނެ ތަފާތު އެކި ގޮތްގޮތަށް ފޮޓޯ އާއި ވީޑިޔޯ ނެގޭނެ އެވެ. މާމަލާ މެލީގެ ފޮޓޯ، ވީޑިޔޯ އާއި ރެޓްރޯ ސްޓައިލްގެ ފޮޓޯ،ވީޑިޔޯގެ އިތުރުން ތަފާތު އެކި ކޮމްސެޕްޓް ކުރިއޭޓް ކުރެވޭނެ އެވެ.

ދުނިޔޭގެ ނަން ހިނގާ ލުއި ބުއިން ތަކާއި ލުއި ކާނާއަށް ހާއްސަ ކުރެވިފައިވާ ސެލެކު ކެފޭ ބޮޑަށް މަގުބޫލު ވެފައި ވަނީ ޒުވާނުންނާއި އަންހެނުންގެ މެދުގަ އެވެ. އަދި ކުޑަކުދިން ގިނަ އަދަދަކަށް ހިދުމަތް ހޯދާ މި ކެފޭގައި ސްމޯކިން އޭރިޔާ އާއި ނޮން ސްމޯކިންގެ އޭރިޔާއެއް ކަނޑައަޅާފައި ވެއެވެ.

ލާމް އަތޮޅުގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ސެލެކުން ފޮނަދޫގައި ކެފޭގެ އިތުރުން ޑިޕާޓްމެންޓް ސްޓޯރެެއްގެ އިތުރުން ހޮލިޑޭ ހޯމެއް ވެސް ހިންގަމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!