ބާތިލާ އެއްވަރުވެ، ނާޒިމް ސޯ ގެ އެމްއެންޕީ ޗޮކުން ގޮސް ރާޑި ވެއްޖެ
ދެންމެ | 15 އޭޕްރިލް 2023

މިއަދު ބޭއްވި ގުރައިދޫ ދާއިރާ ބައި އިލެކްސަންގައި ބާތިލާ ގާތްގަނޑަކަށް އެއްވަރުވެ ނާޒިމް ސޯގެ އެމްއެންޕީ ރާޑި ވެއްޖެ އެވެ.

ވާދަވެރި މި ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރެއްވީ އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.

މިއަދު ނެގުނު ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ބާތިލަށް 3 ޕަސެންޓް ވޯޓު ލިބިފައިވާއިރު ނާޒިމްގެ އެމްއެންޕީއަށް ލިބުނީ 4 ޕަސެންޓް ވޯޓެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދު އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލުގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓި އެވެ. ހެނދުނު އަށަކުން ފެށިގެން ހަވީރު ފަހަކާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.

މި އިންތިހާބުގައި ފަސް ވޯޓު ފޮށި ބަހައްޓާފައިވާ އިރު، އެއް ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯދީ އެމްޑީޕީ އެވެ. އެއީ ގުރައިދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށިންނެވެ. އެ ފޮށިން ކުރި ހޯދީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެވެ. ގުޅީގެ ވޯޓުފޮށީގެ ނަތީޖާ އަދި ނުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!