ޔާމީން ފަދަ ތާއީދު ނެތް، ކުދިކުދި ޕާޓީގެ ވެރިންނަށް ރައްޔިތުން ތިބި ގޮތެއް ނޭނގޭނެ: މުހްތާޒް
ދެންމެ | 04 އޮކްޓޯބަރ 2024

ޔާމީން ފަދަ ތާއީދު ނެތް، ކުދިކުދި ޕާޓީގެ ވެރިންނަށް ރައްޔިތުން ތިބި ގޮތް ވަޒަނެއް ނުކުރެވޭނެ ކަމަށް ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރ މުހްތާޒް މުހްސިން ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ކްރިމިނަލް އެޑްވައިޒަރު ކަން ކުރައްވާފައިވާ މުހްތާޒު މިފަދައިން ވިދާޅުވެފައި މި ވަނީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

“ރައްޔިތުން ތިބި ފަޅި އެނގޭނީ ރައްޔިތުންނަށް. އެއީ ރައްޔިތުންގެ ތާއީދު ނެތް ޕާޓީތަކުގެ ވެރިންނަށް ވަޒަންކުރަން އެނގޭނޭ ކަމެއްނޫން.
– އަޅުގަނޑު ދިވެހީންގެ ރައީސް ‎@MMuizzu ފަޅި.“ ރައީސް މުއިއްޒުގެ ފޮޓޯ ފުޅަކާއި އެކު މުހްތާޒް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ރޭ ޖަލްސާގައި ލޯޔަރު އާސިފް މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވުމުން ޔާމީން ވިދާޅުވެފައި ވަނީ ރައްޔިތުން ތިބީ މުއިއްޒު ފަޅީގައި ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!