ބަގާވާތަކުން ވެރިކަން ބަދަލު ކުރަން ރައީސް އިބުރޭ ގޮވާލައިފި
ދެންމެ | 15 އޭޕްރިލް 2024

ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުން މިކަމުން ދުރުކުރުން ކަމަށާއި އެހެން ނޫންނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އިބުރޭ ވެރިކަން ބަދަލު ކުރަން ގޮވާލައްވާފައި ވާއިރު އެމަނިކުފާނަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުން ރައީސް މުއިއްޒާއި ވާދަކޮށް ބަލިވި ކެޑިޑޭޓެވެ.

ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވި ވަޑައިގެންނެވި ރައީސް ޑރ. މުއިއްޒުގެ ވެރިކަން މަޖިލީހުން އިތުބާރުނެތް ކަމުގެ ވޯޓަކުން ބަދަލު ކުރުމަށް އެމްޑީޕީން ކުރި މަސައްކަތް ވެސް ކުރިން ވަނީ ނާކާމިޔާބު ވެފަ އެވެ.

ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ވެރިކަން ގެއްލުމުން ރައީސް އިބުރޭއަށް ނަފްސާނީ ބަލިމަޑު ކަމަކާއި ކުރިމަތިވެ ވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!