ހިޔާ ސަރަޙައްދުގައި ހޮސްޕިޓަލާއި ކްލިނިކް ޢިމާރާތް ކުރުމަށް ނިންމައިފި
ދެންމެ | 30 ޖޫން 2022
ހިޔާ ސަރަޙައްދުގައި ދެ ހޮސްޕިޓަލާއި ކްލިނިކް ތަކެއް ޢިމާރާތް ކުރުމަށް ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ 2021 ވަނަ އަހަރު ހުޅުމާލެ ފޭސް 2 ގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކޯޕަރޭޝަންގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިހާރު އެ ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް، ކާބޯތަކެތި ވިއްކާ ފިހާރަތައް އަދި ކްލިނިކް ވަނީ ހުޅުވާލައިފައި ކަމަށާއި ސުކޫލްތަކާއި މެޑިކަލް ފެސިލިޓީތަކެއް އެޅުމަށް ވެސް ވަނީ ރޭވިފައި ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި 2 މެޑިކަލް ފެސިލިޓީއެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ކޭޕީ-9 ޕްލޮޓްގައި 71127.92 އަކަފޫޓުގެ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެން5-50 ޕްލޮޓް ގައި 67522.01 އަކަފޫޓުގެ ފެސިލިޓީއެއް ގާއިމްކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެން5-50 ޕްލޮޓްއީއޯއައި އަށް ހުޅުވާލެވިފައިވާއިރު އީއޯއައި ހުށަހަޅާ އެވޯޑްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.

މީގެއިތުރުން، ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުން ކްލިނިކް އަދި ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ސަރަހައްދުގައި 4 ފާމަސީއަކާއި 3 ކްލިނިކެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!