ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އަރުވައިގެން އެމްޑީޕީން ނިކުމެއްޖެ
ދެންމެ | 14 އޮކްޓޯބަރ 2024

މި ސަރުކާރުން ލާމަރުކަޒީ ނިޒާމާއި ކައުންސިލްތަކުގެ ބާރުވެރިކަން ކަނޑާލަން މަސައްކަތްކުރާ ކަމަށް ބުނެ، ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ނުކުންނަން އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުން އިގުރާރު ވެއްޖެއެވެ.

އެމްޑީޕީ ކައުންސިލަރުން މިގޮތަށް އިގްރާރުވީ އެ ޕާޓީގެ ބޭއްވި ކައުންސިލަރުންގެ ކޮންފަރެންސްގައެވެ.

އެމްޑީޕީން އެ ޕާޓީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ގުޅުން ބަދަހިކުރުމަށް ސިލްސިލާކޮށް ބާއްވާ ކޮންފަރެންސްތަކެއް ވަނީ ފަށާފައެވެ. މީގެ ފުރަތަމަ ކޮންފަރެންސެއް ވަނީ ހދ. ކުޅުދުއްފުށީގައި ބާއްވާފައެވެ.

ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ނުކުންނަން ކައުންސިލަރުން އެކުލަވާލި އިގުރާރުގައި ކޮންފަރެންސްގައި ބައިވެރި ހުރިހާ ބައިވެރިން ސޮއިކުރިކަމަށް އެމްޑީޕީން ބުނެއެވެ.

މި އިގްރާރުގައި ވަނީ ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުތައް ފާސްކުރަމުން ދަނީ ކައުންސިލްތަކާއި ފަންނީ މާހިރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިކަން ގަބޫލުކުރާކަމަށެވެ. އަދި ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވެ، ނިޒާމު ދިފާއުކުރުމަށް އެ އިރެއްގައި ކުރަން ޖެހުނު ކަމެއް ކުރަން ދެމިތިބޭނެ ކަމަށްވެސް އެ ގަރާރުގައިވެއެވެ.

މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީން ބުނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ކޮންފަރެންސްތައް ކުރިއަށް ގެންދާން ނިންމާފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!