ކުރީގެ މިނިސްޓަރ ތޯރިގް ގެ މަންމާފުޅު ނިޔާ ވެއްޖެ
ދެންމެ | 30 ޖޫން 2022

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވާރަމަންޓު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި، ތޯރިގް އިބްރާހީމްގެ މަންމާފުޅު މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

ތޯރިގް ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުގައި މަންމާފުޅު ނިޔާވެފައިވަނީ، ކޮވިޑް-19 ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ނިޔާވި އިރު ތޯރިގް ގެ މަންމާފުޅުގެ އުމުރުފުޅަކީ، 77 އަހަރެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން މި މަހު ރާއްޖެއިން ނިޔާވި 4 ވަނަ މީހާ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނަ އިރު، ސަލާމަތުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން ހޮސްޕިޓަލުތަކަށް ދާއިރު، މާސްކު އެޅުންފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް