ލިވާތު ކުޅުނު ކަމަށް އެއްބަސްވެ، އަލަމްގިރި މާއާފަށް އެދިއްޖެ
ދެންމެ | 01 ޖުލައި 2022

ސިޔާސީގޮތުން ހައިޕްރޮފައިލް ބޭބޭފުޅުންނާ އެކު އެއްޖިއްސުން ގުޅުންހިއްގައި، ވީޑިއޯކުރި މައްސަލައިގައި ބަންގްލަދޭޝްގެ އަލަމްގިރި ތައުބާގެ ރައްޔިތުންގެ ކިބައިން މައާފަށްއެދިއްޖެއެވެ.

މިހާރު އާއްމް ވެފައިވާ ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. އަދި އޭނާ ތައުބާ ވެފައިވާކަމަށާއި ދިވެހި ރައްޔިތުން އޭނާ އަށް މާފުކޮށްދިނުމަށް އަލަމްގިރި ވަނީ އެދިފައެވެ.

”އަހަރެން ތައުބާ ވެއްޖެއިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފުކުރާދީބަލަ،“ އޭނާ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުން ފަށައިގެން މީސްމީޑިއާގައި މިވަނީ އިއްޒަތްތެރި ބައެއް ބޭބޭފުޅުން، ބަދުއަޚުލާޤީ ޢަމަލުހިންގާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ އާއްމުކުރަން ފަށާފައެވެ.

މިދިޔަ ހުކުރު ދުވަހަށް އިރު އެރީ ބިދޭސީ ފިރިހެނަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ޤާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނިކޮށެވެ.

އެއަށްފަހު، އެމްވީލީކް، 2.0ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއިން ފެންނަ ކޮޓަރީގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހުއްޓައި ނަގާފައިވާ ފޮޓޯއެއް ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.

ފުލުހުން ބުނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފަށައިގެން ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަކަން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ކުރާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!