ހޮހަަޅައިގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި
ދެންމެ | 19 މެއި 2026

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ފަސް މީހުންގެ ތެރެއިން ކަނޑު އަޑީގެ ހޮހަޅައިގެ ތެެރޭގައި މަރުވެފައި އޮއްވާ ފެނުނު ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފިންލޭންޑުގެ ޓީމަށް އެމީހުން ފެނުނީ އިއްޔެއެވެ. އަދި އެމީހުން ފެނިފައިވަނީ ހޮހަޅައިގެ އެންމެ ފުނުން ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން އިއްްޔެ ވަނީ ބުނެފައެވެ.

ޑޭން އިން ބުނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަށް ފީނަނ ގޮސް އުޅެނިކޮށް ގެއްލުނު 4 މީހުން މިއަދު ލޮކޭޓްކުރެވުނީ ތިންް ގަޑިއިރަށް ދެމިގެންދިޔަ ނުރައްކާތެރި އުނދަގޫ މަސައްކަތުންނެވެ. އިއްޔެ މެންދުރު ފަހު ރާއްޖޭ ގަޑިން 12:30 ގައި ފެށި މި ޑައިވްގައި މީހުން ލޮކޭޓް ކުރެވިފައިވަނީ ހަވީރު ވަނިކޮށެވެ.

ހޮހަޅައިގެ ތެރެއިން ފެނުނު ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ވަނީ ނަގާފައެވެ. އަދި އަނެއް ދެމީހުން ނެގުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ މާދަމާކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ގެއްލުނު އިޓަލީ މީހުން ހޯދުމަށް އައި ފިންލޭންޑްގެ ތަޖުރިބާ ކާރު ޑައިވަރުން މިއަދު ޑައިވްކުރީ އެހާ ފުނަށް ޑައިވްކުރަން ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އާލަތްތައް ބޭނުންކޮށްގެންކަމަށް ޑޭން އިން ބުނެއެވެ. އަދި މި އޮޕރޭޝަންގައި ބައިވެރިވި ފިންލޭންޑްގެ ޑައިވަރުންނަކީ ފުން އަދި ބަންދުވެފައިވާ ފެނުގެ އަޑީގެ މާހައުލުތަކާއި ހަނި ޖާގަތަކާއި ނުރައްކާތެރި ހާލަތްތަކުގައި ހިންގާ ބޮޑެތި ސާޗް އެންޑް ރިކަވަރީ މިޝަންތަކުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޑައިވަރުންކަމަށްވެސް ޑޭން އިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!