މާރިޔާ އެވެ! ދިވެހި ސިފައިންނަކީ ބިރުން ފިލާނެ ”ފިނޑި ފިނދަނަ“ ތަކެއް ނޫން!
ދެންމެ | 03 ނޮވެމްބަރ 2024

ދިވެހިންނަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބަޔެކެވެ. ކައިރި މާޒީގައި ހިނގާފައި ހުރި ގިނަ ކަންކަންވެސް ބައެއް މީހުން އެއްގޮތަކަށްވެސް ހަނދާން ނުހުރެއެވެ. އެހެންކަމުން އެކަންކަން ހަނދާންކޮށް ދިނުމަކީ ނޫސްވެރިންނާއި، ލިޔުންތެރިންގެ ޒިންމާއެކެވެ.

މިއަދަކީ ދިވެހި ޤައުމު އަޅުވެތި ކަމުގެ ތުންފަތްމަތީ އޮވެފައި، މާތް ﷲ ތަނަވަސް ރަހުމަތްފުޅުން، ނަސްރާއި ކާމިޔާބު ލިބުނުތާ 36 އަހަރު ފުރޭ ދުވަހެވެ. ނަސްރުގެ ދުވަހެވެ. މިދުވަހު އަޅުގަނޑުމެއް ހަނދާނަށް ގެންނަން ޖެހެނީ އެދުވަހު ދިވެހި ސިފައިން ކުރި މަތިވެރި ޖިހާދާއި، ދިވެހި ޤައުމާއި ދީނަށްޓަކައި ޝަހީދުވި އަބުތާލުންގެ މަތިންނެވެ. އެދުވަހު ދިވެހި ސިފައިން ދެއްކި ހިއްވަރު އެއީ އެކަމާއި މެދު އެއްގޮތަކަށްވެސް ދެބަސް ވެވޭނެ ކަމެއް ނޫނެވެ.

އެހެން ނަމަވެސް ނިމިދިޔަ ސޯލިހުގެ އެމްޑީޕީ ދެބައިވި ވެރިކަމުގައި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު ކަންކުރެއްވީ އެ ދުވަހު ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދަށް ފުރައްސާރަކޮށްފައިވާ ފަރާތެކެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމުން، އެކަމުގެ ޖަޒުބާތުގައި އެމްޑީޕީއިން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވަމުން ދިޔަ ޖަލްސާތަކުގައި މާރިޔާ ވަނީ ދިވެހި ސިފައިންނަކީ ފިނޑި ފިނދަނަ ތަކެކޭ ބުނެފައެވެ.

އަދި 3 ނޮވެމްބަރު ގައި ދިވެހި ސިފައިން ބިރުން ފިލީ ކަމަށާއި ރާއްޖެ ސަލާމަތްކުރީ އިންޑިއާ ސިފައިން ކަމަށް ބުނެ ދިވެހި ސިފައިންގެ ގަދަރާއި ކަރާމަތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކާފައިވެއެވެ. އެދުވަހު އެ ޖަލްސާ ބެލި މީހުންގެ ތެރެއިންވެސް ފަހުގެ ޖީލުގެތަކުގެ ބައެއް ޒުވާނުންނަށް އެ ވާހަކަތައް ޤަބޫލު ކުރެވުނެވެ. ތަކުރާރުކޮށް ސޯޝަލް މީޑިއާގައިވެސް މާރިޔާ އެ ދެއްކެވި މޭރުމުން ވާހަކަ ދައްކާފައި ހުރި ޒުވާނުން މަދެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!