އަމާންކަން ގާއިމް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް
ދެންމެ | 11 ނޮވެމްބަރ 2024

ރާއްޖޭގައި އަމާންކަން ޤާއިމުކޮށް، ޤާނޫނު ތަންފީޒުކުރުމަށް މި އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިދިޔަ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާާޅުވީ ޖުމްހޫރީ ދުވަހާ ގުޅިގެން ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އިޖުތިމާއި އަމާންކަމާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ، މަސްތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް، މަސްތުވާތަކެތި އަތުލައިގަނެވިފައިވާ މިންވަރު، ކުރީ އަހަރަށްވުރެ 60 އިންސައްތަ ވަނީ އިތުރުކުރެވިފައެވެ.

މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅުއްވުނު މުހިންމު ފިޔަވަޅުތަކުގެ ސަބަބުން، ފުރާނައަށް ނުރައްކާ ދަރަޖައިގެ މަގުމަތީގެ އެކްސިޑެންޓްތައް، މިދިޔަ އަހަރާ އަޅާބަލާއިރު 33 އިންސައްތަ މަދު ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަމާންކަން ޤާއިމުކޮށް، ޤާނޫނު ތަންފީޒުކުރުމަށް މި އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިދިޔަ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި ހެދިފައި އޮތް އިމިގްރޭޝަން ޤާނޫނު، އެންމެ ފުރިހަމައަށް ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަންވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭނުންފުޅުވަނީ މުޖުތަމަޢުގައި ހުރި ނުބައި އާދަތައް ފިލުވާލުންކަމަށާއި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޤާބިލުކަން އިތުރުކޮށް، މި މަސައްކަތް އަދިވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!