މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެ: އިންޖީނުގެ
ދެންމެ | 05 މެއި 2024

ކަަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ އިން ބުނެފިއެވެ.

 

ސްޓެލްކޯ އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ ކުރަނގި ގޯޅި، ކުރަނގި ހަނިގޯޅި އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ސަރަހައްދުތަކުގެ އިތުރުން ހެންވޭރުގެ މަޖީދީމަގު އަދި ދޭލިޔާހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 ން 12:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމައްކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައިއެވެ.

މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އަންނަނީ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކަނޑާލަމުންނެވެ. މިއީ ރައްޔިތުންނަށް ލިބޭ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށްވެސް ކުންފުނިން ވަނީ ބުނެފައިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!