ރައީސް ސޯލިހަށް 2023ގައި ތާއީދު ކުރެވޭކަށް ނެތް: ހަސަން ލަތީފް
ދެންމެ | 03 ޖުލައި 2022

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ އެކު މަސައްކަތް ކުރެވެން ނެތްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ކުރިން ދެއްކެވި ވާހަކަފުޅެއް ހިމަނައިގެން ހަސަން ލަތީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޔާސީ ހަޔާތްޕުޅުން އެބޭފުޅާ ދޫކޮށްނުލެއްވުނަސް, 2023 ވަނަ އަހަރުގައި އޮންނަ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

އަދި ލަފާކުރެވެނީ ރައީސް ސޯލިހްއަށް އެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް ސޯލިހް އަށް އިތުބާރު ނެތް ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް ސޯލިހް ކުރިމަތި ލެއްވުމަކީ އެމްޑީޕީއަށް ލިބޭނެ ގެއްލުމެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!