ސަމާލުވާތި! ދައުރު ކުރަނީ އަޅުގަނޑުގެ ވީޑިއޯއެއް ނޫން: ގާސިމް
ދެންމެ | 20 ނޮވެމްބަރ 2024

އެއްވެސް ރައްޔިތަކު ސްކޭމްތަކުގައި ނުޖެހުމަށާއި މީސްމީޑިއާގައި މިހާރު ދައުރުވަމުން ދަނީ ފޭކް ވީޑިއޯތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޤާސިމް މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގެ އެކިމަންސަތަކުގައި އެމަނިކުފާނުގެ ވީޑިއޯތަކެއް ދައުރުވަމުންދާ ކަމަށާއި ނަމަވެސް އެއީ އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކޮށްގެން ބަޔަކު މީހުން އުފައްދާފައިވާ އެއްވެސް އަސްލެއްނެތް ވީޑިއޯތަަކެއް ކަމަށެވެ.

”ޚާއްޞަކޮށް ޓިކްޓޮކް، އިންސްޓަރގްރާމް އަދި ފޭސްބުކްގައި އަޅުގަނޑުގެ ފޮޓޯއާއި، ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށް އެކިކަހަލަ އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށް އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުޢާމަލާތްތަކުގެ ދިވެހީންނަށް އަޅުގަނޑު ފުރުޞަތު ހޯދައިދޭކަމަށް ދައްކުވައިދީ، އަދި ރާއްޖޭގެ ޤައުމީ ބޭންކް މެދުވެރިވެ މި ސްކީމުގެ ފައިދާލިބޭނޭ ގޮތް ހަމަޖެހޭނޭމަށް ބަޔާންކޮށް، އަޅުގަނޑުގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީ ކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިޖެ ޢަމަލުތަކެކެވެ.“ ޤާސިމް ވިދާޅުވެފައިވެއެވެ.

 

ސަމާލުކަމަށްޓައި ދަންނަވަމެވެ. !

ސޯޝަލް މީޑިއާގެ އެކިމަންސަތަކުގައި، ޚާއްޞަ ކޮށް ޓިކްޓޮކް، އިންސްޓަރގްރާމް

އަދި ފޭސްބުކްގައި އަޅުގަނޑުގެ ފޮޓޯއާއި، ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ތައްޔާރުކޮށް އެކިކަހަލަ އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށް…

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!