އަބުދުﷲ ޝާހިދުގެ އެންމެ އަރިސް ޗާންދަނީގޭ ދެބެން ގާސިމްގެ އެޑްވައިޒަރު ކަމަށް ވަޑައިގެންފި
ދެންމެ | 02 އޯގަސްޓް 2023

ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަޙީދާއި އިތުރު ދެބޭފުޅަކު މިއަދު ހަމަޖައްސަވައިފި އެވެ.

 

ޖުމްހޫރީޕާޓީން މިއަދު ބުނީ ޤާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި މިއަދު ކަނޑައަޅާފައިވަނީ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަދި ޖޭޕީގެ ކުރީގެ ރައީސް އަލީ ވަހީދު އާއި ޗާންދަނީ އިސްމާއިލް ސުޖާއާއި އިބްރާހިމް ސުޖާ ކަމަށެވެ.

 

ޗާންދަނީ ސުޖާގެ ދެބެއިން ޖޭޕީއަށް ސޮއިކުރަށްވާފައިވަނީ މިއަދުއެވެ. އަދި އެބޭފުޅުން ވަނީ އިތުރު 300 މެންބަރުންގެ ފޯމްވެސް ޖޭޕީގެ ލީޑަރާއި ޙަވާލު ކުރަށްވާފައެވެ.

 

ރިޔާސީ އިންތިޚާބަށް ކުރިމަތިލަށްވާނެ ކަމަށް އިޢުލާނުކޮށް ކެމްޕޭން ކުރެއްވި ނަމަވެސް، މިހާތަނަށް ޤާސިމް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި ރަނިންމޭޓަކުވެސް ކަނޑައަޅުއްވާފައެއް ނުވެއެވެ.

 

ރާއްޖޭގެ ސިޔާސީ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ”ކިންގ މޭކަރ“އެވެ. ކިންގ މޭކަރގެ ލަޤަބް ޤާސިމަށް ލިބިވަޑައިގަތީ މިދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަންނަވާތީއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!