ފާހާނާގައި ފޯނު ބޭނުން ކުރުމުގެ ގެއްލުން!
ދެންމެ | 23 ނޮވެމްބަރ 2024

ފާހާނާގައި ފޯނު ބޭނުން ކުރުމަކީ މިހާރު ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ފާހާނާކުރަން ވަންނައިރު ފޯނު ހިފައިގެންގޮސް ތަފާތު އެކި ވީޑިއޯތައް ބަލައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުން ކުރާ މީހުން މިހާރު މަދެއް ނޫނެވެ. ނަމަވެސް މިއީ ވަރަށަ ގެއްލުންހުރި ކަމެކެވެ.

މިގޮތަށް ފާހާނާއަށް ފޯނު ގެންގޮސް ބޭނުން ކުރުމުން ލިބޭ އެންމެ ބޮޑު ގެއްލުމަކީ ތަފާތު އެކިކަހަލަ ޖަރާސީމުތަކަށް ފޯނު ހުށަހެޅުމެވެ. ފާހާނާ ތަކަކީ ވަރަށް ގިނަ ޖަރާސީމުތައް ދިރިއުޅޭ ތަންތަނެވެ. އެހެންކަމުން ފާހާނާގައި ފޯނު ބޭނުން ކުރާނަމަ ފޯނުގައި ހޭކޭ ޖަރާސީމުތައް ފަހުން އަޅުގަނޑުމެން އެ ފޯނުތައް ބޭނުން ކުރާއިރު އެ ޖަރާސީމުތައް އަޅުގަނޑުމެންގެ ހަށިގަނޑަށްވެސް ވަންނާނެއެވެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހަތަށް ގެއްލުންވެ ދިފާއީ ނިޒާމުވެސް ބަލިކަށިވުން އެކަށީގެންވެއެވެ.

ފާހާނާގައި ފޯނު ބޭނުން ކުރުމުން ދިމާވާ އަނެއް މައްސަލައަކީ އެކަމުގެ ސަބަބުން ފާހާނާ ތަށިމަތީގައި ހޭދަވާ ވަގުތު އިތުރުވެ، ސިއްހީ މައްސަލަތައް ދިމާވުމެވެ. އެގޮތުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ހެމޮރޮއިޑު އުފެދުމާއި، ކަށީގެ މައްސަލަތައް ދިމާވުން ހިމެނެއެވެ.

އަދި މިގޮތަށް ފޯނު ބޭނުން ކުރާނަމަ އޭގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ މަސައްކަތްތަކަށްވެސް ބުރޫ އަރައެވެ. އަދި އޭގެ ސަބަބުން ބޮޑުކަމުދެވޭ ވަރަށް ބަދަލު އައިސް، ބަނޑު ހަރުވާ ގޮތްވެސް ވުން އެކަށީގެންވެއެވެ. އަދި ހަޖަމުގެ ނިޒާމުގެ މަސައްކަތްތަކަށް ބުރޫ އަރައި މީހާއަށް ސިއްހީ އެތައް މައްސަލަތަކެއް ދިމާވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!