ރައީސް ސޯލިހް އަންހެނަކާ އެކު ޒިނޭ ކުރާ ފޮޓޯ އެބަހުރި: ރައީސް ނަސީދު
ދެންމެ | 29 ޖުލައި 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްގައެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމާއި ގުޅިގެންނެވެ. ނާޒިމް ހައްޔަރު ކޮށްފައިވާއިރު، އޭނާާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފައެވެ.

ނަޝީދު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖްތަކެއްގައި ވިދާޅުވެފައި ވަނީ، ރައީސް ސޯލިހް އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ.

”އަދި ރައީސް ސޯލިހްގެ ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތައް ޕޮލިސްގައި ފޮރުވީތޯ“. ނަޝީދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ، ރައީސް ސޯލިހް އަންހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް