ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރަން ރައީސް ގޮވާލައްވައިފި
ދެންމެ | 24 ނޮވެމްބަރ 2024

އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އިއްޔެ ނެރުނު އަމުރަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ޖަވާބުދާރީވުން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައިސީސީގެ ޙުކުމަށް ދިވެހިރާއްޖެ އިން މަރުހަބާ ކިޔާ ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަށް ރާއްޖެ އިން ފުރިހަމަ އަށް އިހުތިރާމް ކުރާކަމަށް ރައީސްގެ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ، މެދުއިރުމަތީގެ އަމާންކަން އަލުން ގާއިމު ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް: ރައީސް

ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް ހައްޔަރު ކުރަން އައިސީސީން އިއްޔެ އަމުރު ނެރުމަކީ ތާރީޚްގައި ވެސް އިޒްރާއީލްގެ ވެރިންނާއި ދެކޮޅަށް އެކޯޓުން ނެރުނު ފުރަތަމަ އަމުރެވެ. އަމުރު ތަންފީޒު ކުރުމުގެ ބާރު ކޯޓަށް ނެތް ނަމަވެސް މިފަދަ އަމުރެއް ނެރެވުން އެއީ ވެސް ބައިނަލްއަލްއަޤުވާމީ ގޮތުން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އައިސީސީގެ އަމުރާއިއެކު ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ ގާނޫނީ ވާޖިބު އައިސީސީގެ މެމްބަރު ގައުމުތަކުގެ މައްޗަށް އޮންނާނެއެވެ. ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ޝަރީއަތް ހިންގޭނީ އައިސީސީގެ މެންބަރު ގައުމަކުން އެދެމީހުން ހައްޔަރުކޮށް ކޯޓާއި ހަވާލު ކުރުމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!