އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައީސް ރާއްޖެ ވަޑައިގެންފި
ދެންމެ | 29 ނޮވެމްބަރ 2024

އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިނގިރޭސިވިލާތަށް ވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިނުވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!