ރައީސް ނަސީދު އިޓަލީއަށް ވަޑައިގެންފި
ދެންމެ | 09 ނޮވެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިޓަލީ ވިލާތުގެ ރޯމްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މިއީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އެމަނިކުފާނު ރޯމަަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު މިސްރުންކަމަށް އެ އިދާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!