މިގަހުގެ ނަން އިނގޭ ތަ!
ދެންމެ | 22 އޯގަސްޓް 2023

މިއީ ހޫކްރަޕޯނާ ޕާމް އޭ ކިޔާ ގަހެކެވެ. ހޫކްރަޕޯނާ ޕާމް ގަހަކީ ދުނިޔޭގައި މަޝްހޫރު ރުކުގެ ވައްތަރެކެވެ. މިގަހަށް ޕެސިފިކް ކޮޕާ ޕާމް، ސްޓިލްޓް ޕާމް، އަދި ބާރިގޯނާ ޕާމްވެސް ކިޔާ އުޅެއެވެ.

ސައިންސްވެރިން ވަނީ ހޫކްރަޕޯނާ ޕާމް ގަހުގެ ފައިދާތައް ހޯދަން މަސައްކަތް ފަށާފައެވެ. މި ގަހުގެ މޭވާއަކީ މަތީ މިންވަރަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއެއްކަމަށް ވެއެވެ. އަދި ކެއްސުމާއި ފްލޫއަށް ފަރުވާއެއްގެ ގޮތުންވެސް މިގަހުގެ މޭވާ ބައެއް ހިސާބުތަކުގައި ބޭނުންކޮށް އުޅެއެވެ.

ހޫކްރަޕޯނާ ޕާމް ޓްރީ ފްރޫޓިކަންސް އަކީ 45 ސެންޓިމީޓަރާއި ހަމައަށް ދިގުވެގެންދާ ބިމާއި ދިމާލަށް ނުވަތަ ބިމުގެ އަޑީގައިވާ ދަނޑިގަނޑަކުން ހެދިފައިވާ ޕާމެކެވެ. މިއީ ވަކި މޫސުމަކަށް ހެދޭ ގަހެއްކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

މި ގަސްތައް ނިކަރަގުއާ އިން ފެށިގެން ޕެނަމާ، ދެކުނު އެމެރިކާ، ކޮލަމްބިއާ، އިކުއެޑޯ، ޕެރޫ، ވެނެޒުއެލާ އަދި ބްރެޒިލް ފަދަ ގައުމުތަކުގެ ޖަންގަލީގައި ހެދެމުންދެއެވެ.

މިގަހަކީ ގްރޯތް ރޭޓް ލަސް ގަހެއް ނަމަވެސް، 98 ފޫޓު އުސްމިނާ ހަމައަށް ހެދި ބޮޑުވާ ގަހެކެވެ. ޖަންގަލީ ސަރަހައްދުގައި ދިރިއުޅޭ މީހުން މި ގަހުގެ ލަކުޑި އެމީހުންގެ ގެތަކުގެ ފްލޯރިންއަށް ބޭނުންކޮށް އުޅެއެވެ.

ގުޅުންހުރި ލިޔުންތައް
  1. […] އިތުރަށް ވިދާޅުވޭ […]