ޕީޕީއެމް އުވާލައިފި
ދެންމެ | 02 ޑިސެމްބަރ 2024

ރާއްޖޭގެ ދެވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފި އެވެ.

އެ ޕާޓީ އުވާލަން ނިންމީ މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ފާސްވާން ބޭނުންވަނީ38 ސެނެޓަރުންގެ ވޯޓެވެ.

ޕީޕީއެމް އުވާލާފައިވާއިރު، ޕާޓީގެ ސެނެޓުން ވަނީ، ޕާޓީ އުވާލަން ފަސޭހަވާގޮތަށް ޕާޓީގެ ގަވާއިދަށް ބަދަލު ގެނެސްފައެވެ.

މި އެގޮތުން، ސެނެޓުގެ 2/3 އަގުލަބިއްޔަތަށް ޕާޓީ އުވާލެވޭ ގޮތް ހެދުމާއި، މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލަން ޖެހޭ ނަމަ ހުށަހެޅުމަށް ބުނެފައި އިންނަ މާއްދާގައި، ލީޑާޝިޕަށް ފެނިއްޖެ ނަމަ ޕާޓީ އުވާލަން ހުށަހެޅޭ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.

ޕީޕީއެމަކީ، ޑީއާރުޕީ ދެ ފެކްޝަނަކަށް ބެހި، ދެބައިވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. އެ ޕާޓީ އުފެއްދުމަށް ފަހު ބޭއްވި ޕްރައިމަރީގައި ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވީ މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުالله ޔާމީނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!