މާރާމާރީއެއްގެ މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
އޭނާގެ ބަންދާއި ގުޅޭ ކޯޓު އަމުރުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި އަދި އެފަރާތަށް ލިިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓް ހިމެނެއެވެ.
ގުޅުންހުރި ލިޔުންތައް