ބަރަހަނާ ފޮޓޯ ލީކްކުރި އެކައުންޓްގެ އިންޒާރު: އަދި ކުރިއަށް އޮތީ!
ދެންމެ | 24 ޖޫން 2022

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާ ފޮޓޯއެއް މީސްމީޑިއާގައި ލީކު ކޮށްލި އެކައުންޓުން އިތުރު އިންޒާރެއް ދީފިއެވެ.

އެޓްވިޓާ އެކައުންޓުން އަނދުން ހުސެއިން އިތުރު ފިރިހެނަކާއި އަންހެނަކާއި އެކު ބަރަހަނާ ވެގެން ނަގާފައިވާ ފޮޓޯއެއް އާއްމު ކުރުމަށްފަހު ބުނެފައި ވަނީ ”މިއީ އަދި ފެށުމެއް. އަނދުން ހުސެއިން ބޭހާއި ނުކުޅޭތި ބަޑި“ އެވެ.

އިންޒާރުދިން އެކައުންޓުން މިއަދު މިއަދު މެންދުރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނާޒިމް ސައްތާރުގެ ވީޑިއޯ އާއްމުކުރީ ރައީސް ނަޝީދުގެ އަގު ވައްޓާލަން ކަމަށެވެ. އެއެކައުންޓުން ބުނި ގޮތުގައި ވީޑިއޯ ލީކް ކުރުމުގެ އަޑީގައި ތިބީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ. އެއަށްފަހު ދެން ދީފައިވާ އިންޒާރުގައި ބުނީ އަނދުން ހުސެއިން އެއްޖިންސުން ގުޅުން ހިންގައި، ބަނގުރާ ބޯކަމުގެ ހެކި ހާމަކުރާނެ ކަމަށެވެ. މިރޭ އާއްމު ކުރި ފޮޓޯއަކީ އެދިން އިންޒާރާއި އެއްގޮތައް އާއްމުކުރި ފޮޓޯއެކެވެ.

ފުލުހުން މިއަދު ވިދާޅުވި ގޮތުގައި ނާޒިމްގެ އިތުރުން އިތުރު އެތައް ބަޔަކު ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ. ބްލެކްމެއިލް ވެފައި ތިބީ ކޮން ބައެއްކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މީސް މީޑިއާގައި ކާކުކަން ނޭނގޭ އެކައުންޓްތަކުން ބުނާ ގޮތުގައި ބްލެކްމެއިލް ވެފައި ތިބި މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި އެމީހުންގެ ދަރިން ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!