ޤަޟާ ޙާޖަތްކުރަން އިންނައިރު ކުރިމަތީގައި ހުރަހެއް ނެތްނަމަ ވައިޖެހޭ ދިމާއަށް ކުރިމަތި ލައިގެން އިނުމަކީ މަކްރޫހަކަމެކެވެ. އެއީ ކުޑަކަމުދާތަކެތި ގަޔާދިމާއަށް ނައުމަށްޓަކައެވެ. އަދި ޤަޟާ ޙަޖަތްކުރަން އިންނައިރު ވާހަކަދެއްކުމަކީވެސް މަކްރޫހަކަމެކެވެ.
مَرِّ رَجُلٌ وَالنَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَيُولُ فَسَلَّمَ عَلَيْهِ فَلَمْ يَرُدُّ عَلَيْهِ [رواه مسلم برقم 370] ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުޑަކަމުދާން އިންނަވަނިކޮށް އެކަލޭގެފާނުގެ ކައިރިން ދަމުން މީހަކު ސަލާމްގޮވާލިއެވެ. ފަހެ އެކަލޭގެފާނު އޭނާއަށް ސަލާމުގެ ރައްދު ނުދެއްވައެވެ.
ހޮރު ހޮރު ފަދަ ތަންތަނަށް ކުޑަކަމު ދިޔުމަކީ މަކްރޫހަކަމެކެވެ. އެއީ ޤަތާދާ ރަޟީޔަﷲ ޢަންހުގެ މި ޙަދީޘުގެ ސަބަބުންނެވެ. عَنْ قَتَادَةَ، عَنْ عَبْدِ اللَّهِ بْنِ سَرْجِسَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى أَنْ يُبَالَ فِي الْجُحْرِ. قِيْلَ لِقَتَادَةَ فَمَا بَالُ الْجُحْرِ قَالَ يُقَالُ إِنَّهَا مَسَاكِنُ الْجِنِّ . [رواه أبو داود برقم (29)، والنسائي برقم (34). ونقل الحافظ ابن حجر في التلخيص (1/ 106) تصحيحه عن ابن خزيمة وابن السكن. وقال الشيخ ابن عثيمين: أقل أحواله أن يكون حسناً (الشرح الممتع 1/ 95 – 96).] ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ޢަބްދުﷲ ބިން ސަރްޖިސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ހަކަށަވަރުން ހޮރުހޮރަށް ކުޑަކަމުދި ދިޔުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ. ޤަތާދާއަށް ބުނެވުނެވެ. “އެއީ ކީއްވެގެން ހެއްޔެވެ؟” ޤަތާދާ ވިދާޅުވިއެވެ. “ހަމަކަށަވަރުންވެސް އެއީ ޖިންނީން އުޅޭ ތަންތަން” ކަމުގައި ބުނެވެއެވެ.
އަދި އެފަދަ ހޮރުތަކުގައި ގެއްލުމެއް ދީފާނެ ދިރޭ ސޫއްޕެއް އޮވެދާނެތީއެވެ. ނުވަތަ އެއީ ޖިންނީން އުޅޭ ތަނަކަށްވެފައި، އެޖިންނީންނަށް އުނދަގޫކުރެވިދާނެތީއެވެ.
ﷲ ތަޢާލާގެ އިސްމުފުޅު ލިޔެވިފައިވާ އެއްޗެއް ހިފައިގެން ފާޚާނާއަށް ވަނުމަކީ މަކްރޫހަކަމެކެވެ. އެއީ ޙާޖަތެއް ޖެހިގެން މެނުވީއެވެ. އެއީ: كَانَ إِذَا دَخَلَ اَلْخَلَاءَ وَضَعَ خَاتَمَهُ [رواه أبو داود برقم (19)، والترمذي برقم (1746)، والنسائي برقم (5228)، وابن ماجه برقم (303)، وقال أبو داود بعد إخراجه: هذا حديث منكر. وقال الترمذي: هذا حديث حسن غريب. وضعفه الألباني؛ وعلى القول بضعف هذا الحديث وعدم صلاحيته للاحتجاج في هذه المسألة، فإن الأولى والأفضل ألا يدخل الخلاء بشيء فيه اسم الله بلا ضرورة؛ إكراماً لاسمه تعالى وإجلالاً] “އެކަލޭގެފާނު ފާޚާނައަށް ވެދެވަޑައިގަންނަވާހިނދު އަނގޮޓިކޮޅު ނަންގަވާ ތަނެއްގައި ބާއްވަވައެވެ.”
ޟަރޫރަތެއް ނުވަތަ ޙާޖަތެއް ޖެހިގެން އެފަދަ އެއްޗެއް ފާޚާނާއަށް ވެއްދުމަކީ މައްސަލައެއް ނޫނެވެ. މިސާލަކަށް ﷲ ގެ އިސްމުފުޅު ލިޔެފައިވާ ފައިސާހިފައިގެން ވަންނަންޖެހުމެވެ. އެހެނީ އެފަދަ ތަކެތި ބޭރުގައި ބަހައްޓައިފިނަމަ ވަގަށް ނަގާފާނެ ނުވަތަ އަނބުރާ ނަގަން ހަނދާންނެތިދާނެ ކަމަށްޓަކައެވެ.
މުޞްހަފު ދަންނައެވެ. އެ، ފެންނަ ގޮތަށްވެސް އަދި ނުފެންނަގޮތް ހަދައިގެންވިޔަސް ފާޚާނާއަށް ވެއްދުމަކީ ޙަރާމްކަމެކެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅެވެ. އެންމެ ޝަރަފުވެރި ބަސްފުޅެވެ. އެ ހިފައިގެން ފާޚާނާއަށް ވަނުމަކީ އެއަށް އިހާނާތްތެރިކޮށް ހިތުމެކެވެ.