އެމްޑީޕީ ވެރިކަމުގައި އުވާލި އެންޓި ޑިފެކްސަން ގާނޫނު އަލުން ތަސްދީގް ނުވުމުން ކުރީގެ އިބުރޭއަށް ރޮވިއްޖެ
ދެންމެ | 14 އޭޕްރިލް 2024

އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް ހިމަނާ މަޖލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ތަސްދީގުނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވާތީ ކުރިން އެބިލް އުވާލި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބުރޭ މިފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާއިރު ރައީސް ޔާމީން ވެރިކަމުގައި އަމަލްކުރަމުންދިޔަ އެންޓި ޑިފެކްސަން ގާނޫނު އޮވާލީ މި އިބުރޭގެ ވެރިކަމުގަ އެވެ.

“ އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބެނީ މި ބްލި އަންބުރާ ފޮނުވާލާނެކަމަށް. އެހެންނަމަވެސް އިރާދަކުރެއްވިޔާ ފޮނުވާލިޔަސް އެ ބިލު ރައްޔިތުން މަޖިލީހުގެ ތެރެއިން ފާސްކުރާނަން.“ ރައިސް އިބުރޭ މާމެންދޫގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނުގެ ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 1 ވަނަދުވަހުއެވެ.

މި ބިލްގައިވާ ގޮތުން އެމީހަކު އިންތިހާބު ގޮނޑިއަކުން 3 ހާލަތެއްގައި އިސްތިއުފާ ދޭންޖެހެއެވެ. އެއީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުމާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅުމެވެ. މި އިން އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 7 ދުވަހުގެތެރޭގައި އިސްތިއުފާން ދޭންޖެހޭނެކަމަށް ބިލުގައިވެއެވެ. އެހެންނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން ހެދޭނެ ގޮތެއް ބިލޕުގައި ހިމަނާފައެއް ނުވެއެވެ.

ރައީސް އިބުރޭ މިފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާއިރު ކުރިން އަމަލް ކުރަމުންދިޔަ ބިލް އުވާލީ ވެސް މި އިބުރޭގެ ވެރިކަމުގައި އެމްޑީޕީ ބާރުގައި އޮތް އިރުގަ އެވެ.

މަޖިލީހުން ފާސްކުރިން އެންޓި ޑިފެކްޝަން ބިލަށް އުސޫލެއްގެ ގޮތުން ތާއީދުކުރައްވާކަން ރައީސް ޑރ މުއިއްޒުވެސް ވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!