މީހަކާއި ކަމެއް ހަވާލު ކުރަން ވާނީ ކުރިން ކޮށްފައި އޮތް ގޮތް ބަލާފަ: އަމްރް
ދެންމެ | 03 ސެޕްޓެމްބަރ 2023

މީހާ ކުރިން ކަމެއް ކުރި ގޮތް ބަލާފައި ނޫނީ އެމީހަކާ ކަމެއް އަނެއްކާ ހަވާލުކުރަން ހެޔޮނުވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.

މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދޮރުން ދޮރަށް ކުރަމުންދާ ކެމްޕޭންގައި ވާހަކަފުޅު ދައްކަވަމުން އަމްރް ވިދާޅުވީ ކޮންމެ މަސައްކަތެއް ކުރުމަށް ވެސް ހޯދަނީ އެމަސައްކަތް ކުރަން ދަންނަ މީހެއް ކަމަށެވެ.

އަމުރު ވިދާޅުވީ ކޮންމެ މީހަކަށް މޮޅެތި ވާހަކަތައް ދެއްކެވިދާނެ ކަމަށާއި އެހެންނަމަވެސް ކޮށްފައި އޮތް ގޮތާއި ކުރަމުންދާ ގޮތް ބަލަން ވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!