މެމްބަރު ސައުދު އެމްޑީޕީއަށް ސޮއި ކުރައްވައިފި
ދެންމެ | 07 ޖުލައި 2022

ވިލިނގިލީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ސައުދު ހުސައިން ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށް ސޮއި ކުރަށްވައިފިއެވެ.

ސަޢުދު އެމްޑީޕީއަށް ސޮއިކުރެއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އިލެކްޝަނުން އެ ފޯމު ބަލައިގެންފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ސައުދު އެމްޑީޕީއާ ގުޅުމުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދުވަނީ 66 އަށް އަރާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޮނޑި ގެއްލުނު ކަމަށް ބުނެ މެންބަރުކަމުން ވަކި ކުރެއްވި 12 މެމްބަރުންގެ ތެރޭގައި ސަޢުދު ހިމެނިވަޑައިގަންނަވައެވެ.

ސައުދު 18ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ސައުދު އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!