ޔާމީނަށް ބެލުމެއް ނެތި، ރައީސް އަބުދުއްރަހީމަށް ޕީޕީއެމް ލީޑަރސިޕުން ތައުރީފް އޮހެނީ
ދެންމެ | 26 އޯގަސްޓް 2022

ރައީސް ޔާމީންގެ އެންމެ އަރިސް އަހުމަދު މުސްތަފާ ޕީއެންސީގެ ރައީސް އަބުދުއްރަހީމަށް މަލާމަތްކޮށް ޓުވީޓު ކުރުމުން ރައީސް ޔާމީނަށް ނުކުރާފަދަ ތައުރީފެއް ޕީޕީއެމް ލީޑަރސިޕުން އަދުރޭއަށް ކޮށްފި އެވެ.

ޕީޕީއެމް ސެނެޓް ގުރޫޕްގެ ލީކްވެފައިވާ ސްކުރީން ސޮޓްތަކުން ހާމަވާ ގޮތުގައި އެޕާޓީގެ މަޖިލިސް މެމްބަރުންނާއި މޭޔަރާއި އެހެންވެސް އިސް ބޭފުޅުން ވަނީ އަދުރޭގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ.

ކުރީގެ މެމްބަރު މުފީދު ވިދާޅުވީ ރައީސް އަދުރޭ ކަންކަން ތަންފީޒު ނުކުރާ ނަމަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި ކިތައްމެ މޮޅު ވިސްނުމެއް އޮތް ނަމަވެސް ތަންފީޒު ކުރަނީ ރައީސް އަބުދުއްރަހީމް ކަމަށެވެ.

މިމައްސަލާގައި ރައީސް ޔާމިން ކުއްލި ގޮތަކަށް ދެ ޕާޓީގެ ލީޑަރޝިޕާއި ބައްދަލު ކުރެއްވިއިރު، ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި އަދި ރައީސް ޔާމީންގެ އެންމެ އަރިސް އަހުމަދު މުސްތަފާ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ކޯ ޗެއަރ އަބުދުއްރަހީމަށް ނިސްބަތްކޮށް ކޮށްފައިވާ ޓުވީޓެއްގެ ސަބަބުން ޕީޕީއެމްގެ ސެނެޓްގައި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!