އިނގިރޭސި ބޮޑުވަޒީރަމުން ބޮރިސް އިސްތިއުފާ ދެއްވައިފި
ދެންމެ | 07 ޖުލައި 2022

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮރިސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުންވެސް ވަކިވެވަޑައިގަތްއިރު، އެމަނިކުފާނު ވެރިކަމުގައި ހޭދަކުރައްވާފައި ވަނީ ތިން އަހަރެވެ.

އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ކުރިމަތިވެވަޑައިގަންނަވާ ފިއްތުންތަކާ ގުޅިގެންނެވެ.

”އެ ޕާޓީގެ އާ ލީޑަރަކާއި އަދި އާ ބޮޑުވަޒީރަކު ހުންނަން ޖެހުމަކީ ސާފުކޮށް ޕާލަމެންޓްރީ ކޮންޒަވޭޓިވް ޕާޓީގެ އިހުތިޔާރެއް،“ 10 ޑައުނިން ސްޓްރީޓްގެ ބޭރުގައި ވާހަކަދައްކަވަމުން ޖޯންސަން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!