ހެނބަދޫ އިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
ދެންމެ | 07 ޖުލައި 2022

ނ. ހެނބަދޫ އިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުންދަނީ އުމުރުން 28 އަހަރުގެ ހެނބަދޫ އަށް ނިސްބަތްވާ އެ ރަށު ކުންނާރުގެ، އިބްރާހީމް ރާމިޒް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން އޭނާ ހޯދަން އިއުލާންކޮށް ބުނެފައިވަނީ، ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން ހޯދަމުންދާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

“ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އިބްރާހީމް ރާމިޒް ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ.” ފުލުހުން ކޮށްފަވާ އިއުލާނުގަ ވެއެވެ.

އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ.

މިއަދުގެ ވަގުތެއްގައި އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށް އިބްރާހީމް ރާމިޒްގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!