އެއްޖިންސުން ގުޅުން ހިންގާ ސިފާގެ ’ސޯ’އެއް ލާމް ހިތަދޫގައި.
ދެންމެ | 10 ޖުލައި 2022

އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މަރިޔަމް ޝިފާ، ލ. ހިތަދޫގައި އީދު ޝޯ ދޭން ތައްޔާރުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ލީކް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ޝިފާ މިއަދުގެ ވަގުތެއްގައި އެ ރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ އަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔަން ދަނީ ތައްޔާރުވަމުންނެވެ. ހިތަދޫގައި މިރޭ އޮންނަ މިއުޒިކް ޝޯގައި ޝިފާގެ ނެށުމުގެ ހުނަރު ފެނިގެންދާނެއެވެ.

މި އަހަރުގެ އަޟްހާ އީދާ ގުޅިގެން ޝިފާ ޝޯ ދިނުމަށް އެންމެ ފުރަތަމަ ދިޔައީ ކ. ދިއްފުއްޓަށެވެ. އެ ރަށަށް ޝިފާ ދިއުމުން، އެ ރަށުގެ ގިނަ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޝިފާ، ދިއްފުއްޓަށް މަޝްހޫރު ބޮޑުބެރު ގްރޫޕް ”ބިދަބިން“ ގްރޫޕާއެކުގައެވެ. ޝިފާއާ އެކުގައި ނެށުމުގެ ދާއިރާގައި އުޅޭ ބައެއް އަންހެނުން ވެސް ދިއްފުއްޓަށް ދިޔައެވެ.

މި ޓީމަށް ރަށުގެ ބަނދަރު މަތިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެގޮތުން، އެ ރަށު ރައްޔިތުން ވަނީ ޝިފާ ހިމެނޭ ހެން އެންމެންގެ ކަރުގައި މާފައްޗެއް އަޅުވައިފައެވެ.

ޝިފާގެ އަޑު މީގެ ދުވަސްކޮޅެއް ކުރިން ގަދަވީ، އޭނާ އާއި އިތުރު އަންހެނަކު ބައިވެރިވެގެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ ”ޑީޕް ފޭކް“ އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ. ޝިފާ އެހެން ބުނި ފަހުން ވެސް އޭނާގެ އިތުރު ވީޑިއޯތަކެއް ލީކްވިއެވެ.

ޝިފާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން ފުލުހުން ވިދާޅުވީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި ޝިފާ އާއި މިހާތަނަށް ފުލުހުން ސުވާލެއް ކުރިކަން ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ރާއްޖޭގައި ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެކެވެ. ގާނޫނު ބުނާ ގޮތުން އެއްޖިންސުން ގުޅުން ހިންގާ މީހާ 16 އަހަރަށް ޖަލަށް ލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!