ގޮޓަބަޔާ ގައުމުގައި ނެތް ކަމަށް ދެންނެވުނީ އޮޅިގެން: މަޖިލިސް ރައީސް
ދެންމެ | 11 ޖުލައި 2022

ސްރީލަންކާގެ ރައިސް ގޮތަބާޔާ ރާޖަޕަކްސާ ގައުމު ދޫކޮށް ވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދެން ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ރައީސް ގޮތަބާޔާ، ލަންކާގައި ނެތް ކަމަށް ވިދާޅުވެފައެވެ.

ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ އިއްޔެ ބީބީސީއަށް ވިދާޅުވީ ރައީސް ގޮތަބާޔާ ރާޖަޕަކްސާ ލަންކާ ދޫކުރައްވާ ގޮސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ކައިރީގައި އޮންނަ ގައުމެއްގައި ކަމަށާއި ބުދަ ދުވަހު އެނބުރި އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެއީ އޮޅުމެއް ކަމަށް ވިދާޅުވެ، މިއަދު އިންޑިއަން ނިއުސް އެޖެންސީ އޭއެންއައި އަށް ދެއްވި ފޯން އިންޓަވިއެއްގައި އޭނާ ވިދާޅުވީ، ރައީސް ގޮތަބާޔާ ރާޖަޕަކްސަ އަދިވެސް ހުންނެވީ ގައުމުގައި ކަމަށެވެ. އަދި ބީބީސީއާ ވާހަކަދައްކަވަމުން އޭނާއަށް ހެދުނީ ގޯހެއް ކަމަށް ވިދާޅުވިއެވެ.

އޭނާ މިގޮތަށް ވާހަކަދެއްކެވިއިރު، ލަންކާގެ ބައެއް އާއްމުން ބުނާ ގޮތުގައި ގޮތަބަޔާ ވަނީ އާއިލާ އާއިއެކު ދުބާއީއަށް ވަޑައިގެންފައެވެ. އޭނާ ފުރައިވަޑައިގެންނެވީ ކޮލަމްބޯގެ ބަނދަރުގައި އޮތް ސިފައިންގެ މަނަވަރެއްގައި ކަމަށް ވެސް ބައެއް އާއްމުން ބުނެއެވެ.

ލަންކާގައި މިހާރު ދަނީ ހަމަނުޖެހުން ހިންގަމުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާއަށް ނިކުތުމެފައިވާއިރު،، ގޮޓަބަޔާ ރައީސް ކަމުން އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް