ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ބޮޑު އިސްރާފެއް: އެމްއެންޕީ
ދެންމެ | 11 ޖުލައި 2022

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ދައުލަތުން ކުރާ ބޮޑު އިސްރާފެއްކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ޖުމްލަ 11 ސިޔާސީ ޕާޓީއެއްް ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ފައިސާ ލިބެނީ ޖުމްލަ ހަތަރު ޕާޓީއަކަށެވެ. އެމްއެންޕީ އަކީ އަދި ފައިސާ ލިބޭ ޕާޓީއެއް ނޫނެވެ.

އެމްއެންޕީގެ ނައިބްރައީސް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ސަރުކާރުން ހޭދަކުރާ ފައިސާ އަކީ ބޮޑު އިސްރާފެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ކުރާ މިފަދަ އިސްރާފުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ފަންޑްރައިސް ކޮށްގެން ސިޔާސީ ޕާޓީތައް ހިންގެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް