ފިރިމީހާގެ ހިތް ދަމައިގަންނާނީ ކިހިނެއް!
ދެންމެ | 14 ޖުލައި 2022

❀ ރުހުމާއި ނުރުހުމުގައި އަބަދުވެސް ހިނިތުން މޫނަކާއެކު ފިރިމީހާއާ ބައްދަލުކުރުން

❀ ފިރިމީހާގެ މޫނު މަތީގައި ބާރުއަޑުން، އޭނާގެ ހިތުގައި ޖެހޭ ގޮތަށް ވާހަކަ ނުދެއްކުން

❀ ކިތަންމެ ބޮޑު ނުރުހުމެއްގައިވެސް ކުނި މޫނު ނުދެއްކުން

❀ ފިރިމީހާ ގެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެ ވަގުތެއްގައިވެސް އޭނާ ހިތް އުފާވާ ގޮތުގައި އިސްތިޤްބާލު ކުރުން

❀ ތިމާގެ ޒާތީ ބޭނުން ތަކުގައި ގިނަގިނައިން ކިޔާ ނުހެދުން

❀ ގެއަށް ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނުމުގައިވެސް، ފިރިމީހާގެ މޫޑް ބަލައިގެން، އެކަމެއް އޭނާ ހިތް އުފާވާ ގޮތަކަށް ހުށައެޅުން

❀ ފިރިމީހާގެ ހިމޭންކަމަކީ ތިމާ ކަން ދަނެ އަބަދުވެސް އޭނާ ހިތްހަމަޖައްސައި ދިނުމަށް އިސްކަން ދިނުން

❀ ފިރިމީހާ ގެއިން ބޭރަށް ދާންވުމުން އިންތިޡާމުތައް ފުރިހަމަކޮށް އުފަލާއެކު ވަދާޢު ކުރުން

❀ ކެއިން ބުއިމުގައި ފިރިމީހާގެ ހިތްއެދޭގޮތާއިމެދު ޚިޔާލު ބަހައްޓައި އެކަމަށް ފުރިހަމައަށް ސަމާލުކަން ދިނުން

❀ ފިރިމީހާގެ އިޛްނައާއި ނުލައި ގެއިން ބޭރަށް އެއްވެސް ތަނަކަށް ނުދިއުން. އަދި ޢަމްދުނަ އެކަހެރީން އެއްވެސް ޙާލެއްގައި ގެއިން ބޭރަށް ނުދިއުން

 

❀ ފިރިމީހާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަކީ، ތިމާގެވެސް މައިންބަފައިން ކަމުގައްޔާއި އަދި ގާތްތިމާގެ މީހުން ކަމުގައި ދެކި އެމީހުންނާ މެދު ފިރިމީހާގެ އެދުމާ އެއްގޮތަށް މުޢާމަލާތު ކުރުން

❀ ގޭގެ ކަންތައްތައް އިންތިޡާމު ކުރުމުގައި ފިރިމީހާގެ ރުހުމާއި އެދުމާއި އެއްގޮތަށް ކަންތައްތައް ކުރުން

❀ ފިރިމީހާގެ އަބުރަށް އުނިކަމެއް ލިބުދާނެ އެއްވެސް ކަމެއް ބަހުން ނުވަތަ ޢަމަލުން ވިޔަސް ނުކުރުން

❀ މެހުމާނުންނަށް ކަމޭހިތުމުގައި ފިރިމީހާގެ ރުހުމަށް ބަލައިގެން ކަންތައްތައް ކުރުން

❀ ތިމާގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ވެއްޖެކަން އެނގުމާއެކު ފިރިމީހާގެ ކިބައިން މަޢާފަށް އެދުން. އަދި އޭނާ ރުއްސުމަށް ފަރުވާތެރިވުން

❀ ތިމާގެ ހިތްހަމަ ނުޖެހޭ ކަމެއް ފިރިމީހާގެ ކިބައިން ވެއްޖެނަމަ، އެކަން ފިރިމީހާއަށް އެންގުމުގައި ދަނޑިވަޅު ބަލައިގެން އޭނާގެ ހިތުގައި ނުޖެހޭ ގޮތަށް އެކަން އެންގުން

❀ ފިރިމީހާ ހިތާމަ ވެރިވެ ނުވަތަ މޮޅިވެރިވެ އުޅޭތަން ފެނުމުން އޭނާގެ ހިތްހަމަޖައްސައިދިނުމަށް ވެވެން އޮތްހާ މަސައްކަތެއް ކުރުން

❀ ބައްޔެއް ވެއްޖެނަމަ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ ބޮޑަށް އޭނާގެ ބައްޔަށް ފަރުވާ ދިނުމުގައި ސަމާލުކަން ދިނުން

ގުޅުންހުރި ލިޔުންތައް