ސިފާގެ ޕާސްޕޯޓް ހިފަހައްޓައިފި
ދެންމެ | 14 ޖުލައި 2022

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާ ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިއްޔެ އެވެ.

ޝިފާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން ފުލުހުން ވިދާޅުވީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެމައްސަލައިގައި ޝިފާ އާއި މިހާތަނަށް ފުލުހުން ސުވާލެއް ކުރިކަން ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝިފާ އާއި އިތުރު އަންހެނަކު ބައިވެރިވެގެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށީ މިިދިޔަ މަސް ތެރޭގައެވެ.

އެ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ ”ޑީޕް ފޭކް“ އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ.

ޝިފާ އެހެން ބުނި ފަހުން ވެސް އޭނާގެ އިތުރު ވީޑިއޯތަކެއް ލީކްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!