ކޮންމެ އިސްތައްޓަކަށް ވިޔަސް ކާށި ތޮޔޮވަރެއް ނެތް!
ދެންމެ | 15 ޖުލައި 2022

ކާށި ތެލަކީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ތަފާތު ވައްތަރުގެ ބާވަތްތައް ކެއްކުމަށާއި އެހެނިހެން ގިނަ ކަންކަމަށް ވެސް ކާށިތެޔޮ ބޭނުން ކުރެއެވެ.

ކާށިތެލަކީ އެފަދަ އެހެން ތެލުގެ ބާވަތްތަކާއި އަޅާބަލާއިރު އޭގައި ތަފާތު ޚާއްސިއްޔަތުތަކެއް އެކުލެވޭ ތެލެކެވެ. ބައެއް ފަރާތްތަކުން ކާށިތެލަކީ އެންމެ ފައިދާހުރި ތެލުގެ ގޮތުގައި ވެސް ސިފަކުރެ އެވެ.

އިސްތަށިގަނޑަށް ހޯދައިދެވޭ ގުދުރަތީ އެންމެ ރަގަޅު ކާނާ އަކީ ކާށި ތެލެވެ. އިސްތަށިތައް ދުޅަހެޔޮކަމާއެކު ދިގުކޮށްދީ، އެއަށް ސާފު ވިދާ އަލިކަމެއް ގެނެސްދެ އެވެ.

ގަވާޢިދުން ކާށިތެލުން ބޮލުގެ އިސްތަށިގަނޑު މަސާޖުކުރުމަކީ ބޮލުން ހަންފޮޅުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި އުކުނާއި ލީއެޅުން ކުޑަ ކޮށްދޭއިރު ކާށިތެލަކީ ހަލާކުވެފައިވާ އިސްތަށިތައް ރަނގަޅުކޮށްދޭ އެކަށޭނަ ކޮންޑިޝަނާ އެކެވެ. ހަލާކުވެފައިވާ އިސްތަށިތައް މަރާމާތުކުރުމަށް ބޭނުންވާ ޕްރޮޓީން ވެސް ކާށިތެލުން ފޯރުކޮށްދެ އެވެ.

އިސްތަށިގަނޑުގެ ރައްކާތެރިކަމަށް ތައްޔާރުކުރެވޭ ވަރަށް ގިނަ އުފެއްދުންތަކުގައި ވެސް ކާށިތެޔޮ ބޭނުން ކުރެވެނީ އެއިން ލިބޭ ގިނަގުނަ ފައިދާތަކުގެ ސަބަބުންނެވެ.

ކާށި ތެލުގައި މައިގަނޑު ގޮތެއްގައި ހުންނަނީ މީޑިއަމް ޗެއިން ފެޓީ އެސިޑް އެވެ. އެންމެ އަސާސީ ފެޓީ އެސިޑް އަކީ ލައުރިކް އެސިޑް އެވެ. އޭގެ އިތުރުން ކެޕްރިކް އެސިޑް، ކެޕްރައިލިކް އެސިޑް، މިރިސްޓިކް އެސިޑް، އަދި ޕެލްމިޓިކް އެސިޑް ވެސް ކާށި ތެލުގައި ހިމެނެ އެވެ.

މި ހުރިހާ ބާވަތްތަކަކީ އިސްތަށިގަނޑުގެ ވަރުގަދަ ކަމަށް މުހިއްމު މާއްދާ ތަކެވެ. އެހެން ކަމުން ވަސް ކިތަންމެ ނުބަޔަސް އިސްތަށިގަނޑުގައި ކާށިތެޔޮ ލުމަކީ ފައިދާހުރި ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!