ތަލަ ވުމަށް ތޮފީގެ ދައުރެއް ނެތް!
ދެންމެ | 16 ޖުލައި 2022

ތޮފި އެޅުމަކީ އަހަރުމެން ދިވެހިންގެ ތެރޭގައި އާއްމުވަމުން އަންނަ އާދަ އެކެވެ. އެއްބަޔަކު ހޫނު އަވިން ރައްކާތެރިވުމަށް ތޮފި އަޅާއިރު އަނެއް ބަޔަކު ތޮފި ބޭނުން ކުރަނީ ފެޝަން ސްޓޭޓްމަންޓް އެއްގެ ގޮތުގަ އެވެ. ބޮލުން އިސްތަށި ފައިބާތީ އެކަން ފޮރުވަން ތޮފި އަޅާ މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް އަހަރުމެންގެ ތެރޭގައި ޒަމާނުއްސުރެ ދެކެވޭ ވާހަކަ އެއް އޮވެ އެވެ. ތޮފި އަޅާނަމަ އަވަހަށް ތަލަވާނެ އެވެ. ޅައުމުރުގައި ބޮލުގެ ފަތްކޮޅު ފައިބާނެ އެވެ. މި ކަމުގެ ހަގީގަތަށް ބަލާލާނަމެވެ.

ތޮފި އެޅުމަކީ އާއްމުގޮތެއްގައި ތަލަވުމަށް މަގުފަހި ވާ ކަމެއް ނޫންކަމަށް ޑާމެޓޮލޮޖިސްޓް ޑރ. ހޭލީ ގޯލްޑްބެކް ވިދާޅުވެ އެވެ. އެހެނީ އިސްތަށި ފައިބާ ތަލަވުމަށް މަގުފަހިކޮށްދޭ މައިގަނޑު ކަމަކީ ޖެނެޓިކްސް ކަމުގައި އޭނާ ވިދާޅުވި އެވެ. އެއީ މައިންބަފައިންގެ ފަރާތުން ވާރުތަވާ ކަމެއް ކަމުގައި އޭނާ ސިފަ ކުރައްވަ އެވެ.

ނަމަވެސް ބޯތަލަވުމަކީ އެތައް ބައިވަރު ކަމެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ކާބޯތަކެއްޗާއި ދިރިއުޅުމުގެ ވައްޓަފާޅި ހިމެނޭ ގޮތުންނެވެ. ހަމަ އެގޮތަށް ތޮފި އެޅުމުގައިވެސް ގެންގުޅެވޭ އާދަތަކަކުން ބޯތަލަވުމަށް ވެސް މަގުފެހިވާ ކަމަށް މާހިރުން ބުނެ އެވެ.

އެގޮތުން ތޮފި އަޅާއިރު އިސްތަށިގަނޑު ބާރުކޮށް އައްސާ ހިފަހައްޓާނަމަ އިސްތަށީގެ ބުޑުތަކަށް ބާރުބޮޑުވެ އިސްތަށި ފައިބާ ގޮތްވެ އެވެ. ހަމަ އޭގެ އިތުރުން ބޭނުން ކުރައްވާ ތޮފީގެ މެޓީރިއަލް އާ ކުލައިގެ ގޮތުންވެސް އިސްތަށި ފޭބުމަށް މަގުފަހި ކުރުވާ ކަމެއް ކަމުގައި ދިރާސާތަކުން ދައްކަ އެވެ. ކަންމިހެން އޮތް ނަމަވެސް މިއީ ބޯތަލަވުން ކުރިމަތިވާ މައިގަނޑު ސަބަބުގެ ގޮތުގައި ބުނެވޭކަށް ނެތެވެ.

ތޮފި އަޅަން ބޭނުން ނަމަ އަޅާށެވެ. އެއީ ތިމާއަށް ފަސޭހަ، ރީތި ސްޓައިލެއް ކަމުގައި ވާނަމަ އެކަން ކުރާށެވެ. ނަމަވެސް މަތީގައި ދެންނެވުނު ކަންނަމަށް ސަމާލުވާށެވެ. އެހެންނޫންނަމަ މާ އަވަހަށް ތަލަ ވެދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!