ގަމުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ތައްޔާރު ވެއްޖެ
ދެންމެ | 16 ޖުލައި 2022

ލ. ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި އެވެ.

ގަމުގައި 100 ހައުސިން ޔުނިޓް އެޅުމަށް މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮސްޓްރަކްޝަނަށެވެ.

އެ ކުންފުނިން މިހާރު ވަނީ ގަމުގެ ހައުސިން ޔުނިޓްތައް އެޅުމަށް ބޭނުންވާ ބައެއް ތަކެއްޗާއި ވެހިކަލާއި އަދި ބައެއް މުވައްޒަފުންވެސް އެ ރަށަށް ގެންގޮސްފަ އެވެ.

’އަވަސް‘ އާ ވާހަކަދައްކަވަމުން ގަމު ކައުންސިލްގެ ނައިބް ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ އެސްޖޭގެ މުވައްޒަފުން އެ ރަށަށް ގޮސް މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަކު ކައުންސިލަށް އަދި ބައެއް ކަންކަން ނިންމާލެވިފައި ނުވާތީ މާދަމާ އެކަންކަން ނިންމާލުމާ އެކު އެސްޖޭއިން މަސައްކަތް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!