ކާށިދޫ ގުބޯ ހެއްދި ޖާބިރުގެ ކޭބަލް ކާރުން މެލޭސިޔާގައި އުފާ ވެރިކަން!
ދެންމެ | 13 ޖުލައި 2023

މެލޭޝިއާގެ ވެރިރަަސް ކުއަލާ ލަމްޕޫރް އާއި 35 ކިލޯމީޓަރު ދުރުގައި އޮންނަ އުސް ބިންތަކަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މެލޭޝިއާގެ، ޕަހާންގ ގައި ހުންނަ މި ސަރަހައްދަކީ ފަތުރުވެރިކަން ފުޅާވެ، ތަރައްގީވަމުން އަންނަ ސަރަހައްދެކެވެ. މި ސަރަހައްދު މަގުބޫލުވާ އަނެއް ސަބަބަކީ މިތަނުގައި ހުންނަ ކޭބަލް ކާރުގެ ހިދުމަތްތަކެވެ.

އަވާނާ ސަކައިވޭ އަކީ މިގޮތަށް މި އުސްބިންތަކާއި ހަމައަށް އަދި އެ ބިންތަކުގެ މަތީގައްޔާއި އެ ފަރުބަދަތަކުގެ ތެރޭގައި ކޭބަލް ކާރުގެ ހިދުމަތް ލިބޭ ތަނެކެވެ. އަވާނާ ސްކައިވޭ އަކީ މި އުސްބިންތަކުގެ ތެރެއިން ނުވަތަ ފަރުބަދަތަކުގެ ތެރެއިން ދަތުރުކުރާ ކޭބަލް ކާރުގެ ދެ މަގުން އެއް މަގެވެ.

މި ކޭބަލް ކާރުތަކުގެ މަގު ނުވަތަ ކޭބަލްތަކުގެ ދިގުމިނަކީ 2.4 ކިލޯމީޓަރެވެ. އުސްމިނުގައި 620 މީޓަރު ހުރެއެވެ. މި ކޭބަލް ކާރުތައް ދަތުރުކުރާ ބާރުމިނަކީ ގަޑިއަކު 21.6 ކިލޯމީޓަރު ބާރުމިނެވެ. ސްކައިވޭ ގެ ކޭބަލް ކާރު ދަތުރެއްގައި ހޭދަވާނީ ގާތްގަނޑަކަށް 10 މިނެޓާއި ވިހި މިނެޓުގެ ވަގުތެކެވެ.

އުސް މި ސަރަހައްދުގެ އުސް ބިންތަކާއި ފަރުބަތަ ތަކުގައި ވަނީ ގަސްގަހާގެހި ހެދި ބޯވެފައެވެ. ބޮޑު ޖަންގައްޗެއް ގޮތަށް ޤުދުރަތީ ރީތިކަމާއި ފެހިކަމާއި އެކު އޮންނަ މި ސަރަހައްދުގެ ތީރިކަން މި ކޭބަލް ކާރުތަކުގައި ދަތުރުކޮށްލުމުން އިހުސާސް ކުރެވޭނެއެވެ. ވަށައިގެން ބިއްލޫރި ޖަހާފައި ހުންނަ މި ކޭބަލް ކާރުތަކުގެ ތެރޭގައި ހުންނައިރު، ވަށައިގެން މި ހިތްގައިމު މަންޒަރު ބަލާލުމުގެ ފުރުސަތު ލިބެއެވެ. މި ޖަންގަލި ތަކަކީ 130 މިލިއަން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޖަންގަލި ތަކެކެވެ.

އަދި މި ދަތުރުތަކުގައި ޗިން ސްވީ ހޮހޮޅަ ހުންނަ ހިސާބަށް މަޑުކޮަށް، އެ ސަރަހައްދު ބަލާލުމުގެ ފުރުސަތުވެސް ފަތުރުވެރިންނަށް ލިބެއެވެ. އަދި އެ ސަރަހައްދުގައި ގަދީމީ ބިނާތަކެއްވެސް ވެއެވެ.

ޓިކެޓު ނަގައިގެން ދަތުރުކުރެވޭ އަވާނާ ސްކައިވޭ ކޭބަލް ކާރުގެ ޓިކެޓް އަވާނާ ސްޓޭޝަނުން ނެގެން ހުންނަ އިރު، އޮންލައިންކޮށްވެސް ޓިކެޓު ނެގޭނޭ އިންތިޒާމުތައްވެސް ގާއިމުވެފައި ހުރެއެވެ.

ފަތުރުވެރިންނަށާއި ޤުދުރަތީ ހިތްގައިމު ކަމަށް ލޯބިކުރާ ފަރާތްތަކަށާއި އަދި ތަފާތު ތަޖުރިބާތައް ކޮށްލަން ބޭނުން ފަރާތްތަކަށް، ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅިލަން މިއީ ހިތްގައިމު އަދި ކަމުދާ މަންޒިލެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!