މޫކޭ އެމްޑީ ކަން ކުރައްވާ ރޯޑް ކޯޕަރޭޝަންގެ ޗެއަރމަން އަފީފް ރައީސް ނަސީދުގެ ކެމްޕޭނާ ގުޅިއްޖެ
ދެންމެ | 26 ޖެނުއަރީ 2023

މޫކޭ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއަރމަން އަބުދުﷲ އަފީފް ރައީސް ނަސީދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފި އެވެ.

އާރުޑީސީގެ ޗެއަރމަން އަފީފް ރައީސް ނަސީދަށް ތާއީދު ކުރައްވަން ނިންމަވާފައިވާ އިރު މިއަދު އެގްރޯނެޓް މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަސީދު ވެސް ވަނީ ރައީސް ނަސީދަށް ތާއީދުކޮށް އެކަން އިއުލާން ކުރައްވާފަ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމްތަކުގައި ތިއްބަވާ ގިނަ އަދަދެއްގެ ބޭފުޅުން ގެންދަވަނީ ރައީސް ނަސީދަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!