’ޖިންސީ ބޯޑައް‘ ރެހެންދި ސުކޫލުން މާފަށް އެދެފި
ދެންމެ | 16 ޖުލައި 2022

ރެހެންދި ސުކޫލުގެ ސޭލްސް އިވެންޓެއްގެ ތެރޭގައި ކުޑަކުދިންނާއި ނުގުޅޭ، ބޯޑެއްބެހެއްޓި މައްސަލަ ހޫނުވެ އެ ސުކޫލުގެ ފަރާތުން މާފަށް އެދި ބަޔާނެއް ނެރިފިއެވެ.

ކުޑަކުދިންނާއި ނުގުޅޭ މެނޫއެއް ބެހެއްޓިފައިވުމުގެ މައްސަލައިގައި ރެހެންދި ސުކޫލުން ނެރިފައިވާ ބަޔާނުގައި ވާގޮތުން، އެ ސުކޫލުގެ “ރެހެންދި ސޭލް” އިވެންޓުގައި ބެހެއްޓިފައިހުރި، މެނޫއަކީ، މެނޭޖުމަންޓަށް ނޭންގި ބަހައްޓާފައިވާ އެއްޗެއް ކަމަށެވެ.

ދިވެހިރާއްޖޭގެ އިޖްތިމާއީ މިންގަނޑުތަކާއި، ހިލާފުވާފަދަ ނަންތަކެއް ޝާއިއުކޮށްފައިވާ މި މޮކްޓެއިލް މެނުއާއިމެދު ރެހެނދި ސުކޫލުން ބުނެފައިވާ ގޮތުން އެ މެނޫގައި ހުރި އިބާރާތްތަކަކީ، ސުކޫލެއްގައި ބެހެއްޓުމަށް އެންމެ ރަނގަޅުގޮތަކަށް ފަރުމާކޮށްފައިވާ ބޯޑެއް ނޫންކަމަށް ދެކޭ ކަމަށެވެ. އަދި އެކަން ކުރުމުގައި ޝާމިލުވި ފަރާތްތަކުން، ކޮށްފައިވަނީ ވިސްނުންތެރިކަމެއް ނެތިކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ރެހެންދި ސުކޫލުގެ ސޭލްސް އިވެންޓުގައި ބެހެއްޓިފައި ހުރި، އިސްތިހާރު ބޯޑުގެ މައްސަލައިގައި އެ ސުކޫލުން ނެރިފައިވާ ބަޔާނުގައި މިހާރު އެކަން ހުއްޓުވާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކަން އިންތިޒާމު ކުރި ޕީޓީއޭއިން ވަނީ އެ އަމަލު ހިންގި ފަރާތްތަކަށް އެކަން ނުކުރެވޭނެކަމަށް އަންގައި ބޯޑުވެސް ނަގާލާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރެހެންދި ސުކޫލުގެ ބަޔާނުގައި ބުނެފައިވަނީ، އެ ބޯޑަކީ، އެ ސުކޫލުގެ އިނގުމުގެ މަތިން ބެހެއްޓިފައި ހުރި އެއްޗެއް ނޫންކަމަށެވެ. އަދި އެ އަމަލު ކުށްވެރި ކުރާކަމަށާއި، އެކަމަށް މާފަށް އެދޭކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!