ސެލެކުން ’ފަހެއް އެކެއް ބޮޅެއް‘ ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި.
ދެންމެ | 16 ޖުލައި 2022

ސެލެކް ޑިޕާޓްމެންޓް ސްޓޯރުން ސޮޕް އެންޑް ވިންގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސެލެކް ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާއި ހަމައަށެވެ. މިޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ސެލެކުން 100 ރުފިޔާއިން މަތީ ވިޔަފާރި ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަނުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 510 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި އިތުރު 3 ފަރާތަކަށް ސެލެކް ކެފޭގެ ގިފްޓް ވައުޗަރއެއް ލިބިވަޑައިގަންނަވާނެ އެވެ.

ސެލެކް އަކީ ލ. އަތޮޅުގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ޑިޕާޓްމެންޓް ސްޓޯރެކެވެ. އާއްމް ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ސެލެކުން ލިބެން ހުންނަ އިރު ސެލެކްގެ ގުރައުންޓް ފުލޯގައި ގޭތެރޭ ސާމާނާއި ކާބޯތަކެއްޗާއި ބުކްސް ޝޮޕާއި ހާޑްވެޔާގެ ސާމާނަށް ހާއްސަ ކުރެވިފައިވާއިރު، ފުރަތަމަ ބުރި ހާއްސަކޮށްފައިވަނީ ކޮސްމެޓިކްސް އާއި އަންނައުނާއި ކުޅޭސާމާނާއި ފައިވާނާއި ބޫޓްގެ އިތުރުން ފޮތްޗަށެވެ.

ސެލެކް ޑިޕާޓްމެންޓް ސްޓޯރުގެ އެންމެ ހާއްސަ ކަމަކީ ސެލެކް ގުރައުންޑް ފްލޯގައި ސެލެކް ޓޭކް އަވޭގެ ނަމުގައި ލުއިބުއިންތަކަށް ހާއްސަކޮށް ޓޭކް އަވޭ ހިދުމަތް ވެސް ފޯރުކޮށްދެމުންދިއުމުގެ އިތުރުން ޕްރިންޓިންގެ ހިދުމަތަށް ހާއްސަކޮށް ސްޓޫޑިއޯ ހިދުމަތް ފޯރުކޮށް ދެމުން ގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!