އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ އަޒުނީން ރަންމެޑަލް ހޯދައިފި
ދެންމެ | 17 ޖުލައި 2022

ރާއްޖޭގައި މިއަދު ފެށި އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ އަޒުނީން ރަޝާދު ރަންމެޑަލް މިރޭ ހޯދައިފި އެވެ.

ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީގެ ފައިނަލުގައި އަޒްނީންއާ ވާދަކުރީ އިންޑިއާ އަދި ޕާކިސްތާންގެ އެތުލީޓުންނެވެ. އަޒްނީން ރަންމެޑަލް ހޯދީ އެ ދެ އެތުލީޓުން ފަހަތަށް ޖައްސާލައިފަ އެވެ.

މިއީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ތާރީހުގައި ރާއްޖެ އިން ހޯދި ދެވަނަ ރަން މެޑަލެވެ. އެންމެ ފުރަތަމަ ރަންމެޑަލް ރާއްޖެ އިން ހޯދީ 2017 ގަ އެވެ.

ރާއްޖޭގެ މުހައްމަދު އިމްރާން ވެސް މިރޭ ވަނީ އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އަދި ރާއްޖޭގެ އަލީ ސަލީމް ވެސް ވަނީ އަޕް ޓު 175 ސީއެމުން ވެސް މެޑަލް ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!