މިއަދަކީ މީޑިޔާތަކަށް ކަޅު ދުވަހެއް: ސަފާއު
ދެންމެ | 18 ޖުލައި 2022

މިއަދަކީ ނޫސްވެރިކަމުގެ އާއިލާ އަށް ކަޅު އަނދިރި ދުވަހެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާހު ހަސަން ވިދާޅުވެއްޖެ އެވެ.

ޝަފާހު މިހެން ވިދާޅުވީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.

ޝަފާހު ވިދާޅުވީ މިއަދަކީ ނޫސްވެރިކަމުގެ އާއިލާ އަށް ކަޅު އަނދިރި ދުވަހެއް ކަމަަށާ ފިޔަވަޅެއް އެޅުނީ ފަހަތަށް ކަމަށެވެ.

ހެއްކާ ބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް ހުށައެޅި ބިލެކެވެ. ބޭނުމެއް ކަމަށް ބުނެފައި ވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހެއްކާބެހޭ ތަފްސީލީ ގާނޫނެއް ތައާރަފު ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!